Ooredoo
Dhiraagu

ކޮންމެ ދުވަހަކު 5000ރ. ގެ ގިފްޓް ވައުޗަރެއް ލިބޭ ޕްރޮމޯޝަނެއް ސޮނީ އިން ފަށައިފި

ކޮންމެ ދުވަހަކު 5000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭ ޕްރޮމޯޝަނެއް ސޮނީ އިން ފަށައިފިއެވެ.

Ooredoo

'ސޮނީ ހާޑްވެއާ ރޯދަ ބާޒާރު'ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަން، ދަ ސީން މަޖީދީމަގު އަދި ސޮނީ ހާޑްވެއާ ޖަނަވަރީމަގު ފިހާރާގައި ކުރިއަށްދާނެ ކަމަށާއި މި ބާޒާރުގައި 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް ސޮނީ އިން ބުނެއެވެ.

މި ސޭލް މިމަހުގެ 15 އިން އަންނަ މަހުގެ 20އާ ހަމައަށް ކުރިއަށްދާއިރު ސޭލްގައި ރޯދަމަހަށް ހާއްސަކޮށް ސޮނީ އިން ގެެނެސްފައިވާ ފްރާންސްގެ ބްރޭންޑެއް ކަމަށްވާ ޓިފަލް އަދި މޮލިނެކްސް ބްރޭންޑްގެ ބަދިގެ ސާމާނާއި، ގޭތެރޭ ޒީނަތްތެރިކުރުމަށް ބޭނުންވާ ސާމާނު، ލައިޓިން ސާމާނާއި ތަށިމުށި، ހެޔޮއަގެއްގައި ލިބޭނެ ކަމަށް ސޮނީ އިން ބުނެއެވެ.

އަދި ޔޫރަޕްގެ ބްރޭންޑްތައް ކަމުގައިވާ އޮސްރާމް، ޖޮސެފް ޖޮސެފް، ލައިފައިޓް، ބްރަބާންޝިއާ އަދި އެމެރިކާގެ މަސްހޫރު ކޮރޭލް ބްރޭންޑްގެ ސާމާނު ވެސް މި ޕްރޮމޯޝަނުގެ ދަށުން ހެޔޮ އަގުގައި ލިބެން ހުންނާނެއެވެ.

ކޮންމެ ދުވަހަކު 5000 ރުފިޔާގެ ގިފްޓް ވައުޗަރު ލިބޭ ލަކީޑްރޯ ނެގުން އޮންނާނީ ކޮންމެ ދުވަހަކު ހެނދުނު 10:30ގައި ސޮނީ ހާޑްވެއާ ޖަނަވަރީ މަގު ފިހާރާގައި ކަމަށް ސޮނީ އިން ބުނެއެވެ. އަދި ގުރުއަތުން ހޮވޭ ފަރާތް ކޮންމެ ދުވަހަކު ވެސް ސޮނީ ހާޑްވެއާ ވެބްސައިޓްއިންނާއި ފޭސްބުކް ޕޭޖުން އެނގިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

Redstar
comment ކޮމެންޓް

comment ޙިސްމު

7 year 11 month ago

ހުސް ދޮގު ސޮނީ ހާރޑްވެއަރ ގެ ހުރިހާ ފިހާރައެއްގަ މި ޕްރޮމޯސަން ކުރިއަށްދޭ.

comment އައިޝާ

7 year 11 month ago

ވެބްސައިޓް ކޮބާ؟ އެފްބީ ޕޭޖް ގެ ލިންކް ލާދީބަލަ

comment ސ

7 year 11 month ago

ތިހެން ކިޔާނީ ދުވަހަކުވެސް ތި 5000 ރުފިޔާ ލިބޭ ތަނެއް ނުފެނޭ.. ހުސް ގޭމު.